ބައެއް ސިވިލް ސާވެންޓުންގެ ހެދުމާ ގުޅޭ ޝަކުވާ ލިބުމުން، ގަވައިދު ކުރިން އޮތް ގޮތަށް ބަދަލުކުރަން ރައީސް އެދިވަޑައިގެންފި
ސަން
21 ޑިސެމްބަރު 2025 | އާދިއްތަ | 10:14
ސިވިލް ސާވިސް ނުވަތަ ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގައި އަމަލު ކުރަމުން އަންނަ ގަވައިދު ކުރިން އޮތް ގޮތަށް ބަދަލު ކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ދަންނަވާފައިވާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހެދުން އެޅުން އަޚުލާގީ މިންވަރަށް ވުރެ ދަށްވެފައިވާ ކަމަށް ބުނެ، ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
ރަައީސް ވިދާޅުވީ ކުރީގެ ސިވިލް ސާވިސް ގަވައިދުގައި ހެދުން އެޅުމަށް އޮތީ ވަރަށް ރަނގަޅު މިންގަނޑެއް ކަމަށާއި އެ ކަން މިހާރު ބަދަލުވެފައިވާ ކަމަށެވެ.