ހުޅުމާލެ ފޭސް އެކަކުން ދޫކޮށްފައި ހުރި ގޯތިތަކުގެ ޖުމުލަ އަގުން 10 ޕަސެންޓު ޑިސްކައުންޓެއް ދެނީ
ސަން
21 ޑިސެމްބަރު 2025 | އާދިއްތަ | 10:47
ކުލި ދައްކައިގެން މިލްކުވާ ގޮތަށް, ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދޫކޮށްފައި ހުރި ގޯތިތަކުގެ ޖުމުލަ އަގުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައީސް ވަނީ، ޕޮއިންޓު ލިބިގެން ނުވަތަ ގުރުއަތު ނަގައިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދޫކޮށްފައި ހުރި ގޯތިތަކާ ގުޅުވައި ވާހަކަދައްކަވާފައެވެ. އެ ގޯތިތައް އަމިއްލަ ވަނީ، ފައިސާ ދައްކައި ޚަލާސްކުރުމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ގޯތިތަކަށް އެއްވެސް ސަރުކާރެއްގައި މާލީ ގޮތުން ލުޔެއް ދީފައެއް ނެތް ކަމަށެވެ.