ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދެނީ، ތިރީ ފްލޯ ޚާއްސަ ކުރަން ޖެހެނީ ޕާކިންއަަށް
ސަން
22 ޑިސެމްބަރު 2025 | ހޯމަ | 12:32
ހުޅުމާލޭގެ ދެ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނިންމަވައިފިއެވެ.
މިހާތަނަށް ހުއްދަދީފައި ވަނީ ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ޚާއްސަކޮށްފައިވާ، 'ރެޒިޑެންޝަލް ޕްލޮޓް'ތަކުގައި އެންމެ އުސްކޮށް ހަތް ބުރިއަށް އިމާރާތްކުރުމަށް އެކަންޏެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، ގޯތިތަކުގެ އިމާރާތުގެ އުސްމިނަކީ ތަނުގެ ޕްލޭނާ ގުޅިފައި އޮތް ކަމެއް ކަމަށެވެ.