ވާނުވާގައި ގިނަ ދުވަސްވީ މީހުންގެ ޝަރީއަތްތައް މާރިޗު މަސް ނިމެންވާއިރަށް ނިމޭނެ: ރައީސް

ސަން

22 ޑިސެމްބަރު 2025 | ހޯމަ | 9:45

އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާތައް އަންނަ މާރިޗު މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ބޭއްވެވި ބައްދަލުވުމުގައި މީހަކު ވަނީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ނުވަތަ ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލައަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ.

އެހެން ސަރުކާރުތަކާ ޚިލާފަށް އެ މައްސަލައާ ގުޅޭ ކަންކަން މި ސަރުކާރުން ކޮށްފައި ހުރިކަން އެ މީހާ ފާހަގަކުރިއެވެ. ވާނުވާ ބަންދުގައި ތިބި މީހުންގެ ހާލަތަށް ވެސް އޭނާ އަލިއަޅުވާލިއެވެ.

މައުޟޫޢުތަށް