ހަތަރު މިނެޓަށް ހަވާ އެރުވުމުގެ ފަރިތަކުރުންތަކެއް މިރޭ ބާއްވަނީ
ސަން
22 ޑިސެމްބަރު 2025 | ހޯމަ | 12:17
ހަވާ އެރުވުމުގެ ފަރިތަކުރުންތަކެއް އެމްއެންޑީއެފުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި މިރޭ ކުރިއަށް ގެންދާނެ ކަން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، މިރޭ 8:00 އާއި 8:30 އާ ދެމެދު ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ހަވާ އެރުވުމުގެ ފަރިތަކުރުންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ފަރިތަކުރުންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެންމެ ހަތަރު މިނެޓަށް ކަމަށްވެސް، އެމްއެންޑީއެފުން ބުންޏެވެ.