ފަވަރަ، އިންޑިއާގެ ޔޫޕީއައިއާ އަންނަ ޖުލައިގެ ކުރިން ގުޅާލަނީ
ސަން
22 ޑިސެމްބަރު 2025 | ހޯމަ | 12:43
އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި)އާ، އަންނަ ޖުލައި މަހުގެ ކުރިން ފަވަރަ ގުޅައިލެވޭނެ ކަމަށް، މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
މާލީ ދާއިރާ ތަރައްގީއާ ގުޅޭ ކަންކަން އިފުތިތާހުކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، މިއަދު މި ކުރާ މަސައްކަތަކީ މާލީގޮތުން ރާއްޖެއަކީ ވަރުގަދަ، ހަމަހަމަ ތަނަކަށް ހެދުން ކަމަށެވެ.
މި ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވަނީ، މިއަދު ރަސްމީކޮށް އިފްތިތާހުކުރި ޕޭމެންޓް މޯލްޑިވްސްގެ އިކުއިޓީ ޕާޓްނަރުންގެ ގޮތުގައި ބޭރުގެ އެކި ބޭންކުތަކާއި ޕޭމެންޓް ޚިދުމަތްތައް ބައިވެރިވުމަށް ދައުވަތު ދެއްވައިފައެވެ.