މިދިޔަ އަހަރު އާރްޑީސީއާއި ފެނަކައިގެ ގެއްލުން 437 މިލިއަން ރުފިޔާގައި
ސަން
22 ޑިސެމްބަރު 2025 | ހޯމަ | 1:16
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ފެނަކަ ކުންފުންޏަށް އެކަނި ވެސް މިދިޔަ އަހަރު 437 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން މިއަދު ދައްކައިފިއެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ދޯހަޅިކޮށް ހިންގާކަމުގެ ޝަކުވާ ބޮޑީ ފެނަކައާއި އާރްޑީސީގެއެވެ.
ޕީސީބީގެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ފެނަކައަށް 208 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެއީ، އޭގެ ކުރީ 2023 ވަނަ އަހަރު އެ ކުންފުންޏަށްވީ 811 މިލިއަން ރުފިޔާއާ އަޅާބަލާއިރު ރަނގަޅު ވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ފެނަކައަށް ވަނީ 33.72 މިލިއަން ރުފިޔާގެ ގެއްލުންވެފައެވެ.