ކުންފުނިތަކުގެ ހަމައެކަނި ޒިންމާއަކީ ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާއަށް ޚަރަދުކުރުން: އަދާލަތު

ސަން

22 ޑިސެމްބަރު 2025 | ހޯމަ | 3:19

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސީ އެޖެންޑާއަށް މަސައްކަތްކުރުމުގެ ސަބަބުން ދައުލަތުގެ ކުންފުނިތަކުގެ މިސްރާބުހުރީ ބަނގުރޫޓުވުމާ ދިމާއަށް ކަމަށް އަދާލަތު ޕާޓީން މިއަދު ތުހުމަތުކޮށްފިއެވެ.

ސަރުކާރު ކުންފުނިތަކުގެ ގެއްލުމާއި ދަރަނި ބޮޑުވެ، ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކަށް އެއްވެސް އިރެއްގައި ނުވާ ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ގައުމީ ބޭންކް، ބީއެމްއެލްއާއި އެއާޕޯޓުތައް ބަލަހައްޓާ އެމްއޭސީއެލް ފަދަ ކުންފުނިތަކުގެ ހަމައެކަނި މަސައްކަތަކީ ރައީސް މުޢިއްޒުގެ ސިޔާސީ އެޖެންޑާއަށް ޚަރަދުކުރުން ކަމަށް ހަދާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

މައުޟޫޢުތަށް