މާލީ މުއާމަލާތް ހަރުދަނާކުރަން އެމްއެމްއޭއިން އުފެއްދި އާ ކުންފުނި ލޯންޗުކޮށްފި
ސަން
22 ޑިސެމްބަރު 2025 | ހޯމަ | 1:11
ބޭރު ފައިސާގެ މުއާމަލާތް ފަސޭހަކޮށް، ރާއްޖޭގައި ފައިސާއިން މުއާމަލާތުކުރެވޭ ނިޒާމު ހަރުދަނާކުރުމުގެ މަޤްސަދުގައި ޕޭމަންޓް މޯލްޑިވްސް ނަމުގައި އާ ކުންފުންޏެއް އުފައްދައި މިއަދު ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މާލީ ދާއިރާ ތަރައްގީއާ ގުޅޭ ކަންކަން އިފުތިތާހުކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ޕޭމެންޓް މޯލްޑިވްސް ކުންފުނި ރަސްމީކޮށް ލޯންޗުކޮށްދެއްވީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، މީގެ ހައެއްކަ އަހަރުކުރިން ފައިސާގެ 40 ޕަސެންޓު މުއާމަލާތް ކުރީ ޗެކުން ކަމަށާއި، މިދިޔަ އަހަރުގެ ނިޔަލަށް އެ އަދަދު ހަތް ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ބަދަލުގައި އެކައުންޓުތަކުން ފައިސާ ފޮނުވާ އަދަދު 49 ޕަސެންޓުން 83 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.