ރައްކާތެރިވޭ! މިއަދަކީ މާލެ ސަރަހައްދުގެ ވައި އެންމެ ނުސާފު ދުވަސް
ސަން
22 ޑިސެމްބަރު 2025 | ހޯމަ | 1:10
މި ފަހުން ރާއްޖޭގެ ވައިގެ ކޮލިޓީ ދަށްވާން ފެށި ފަހުން މިއަދަކީ މާލެ ސަރަހައްދަށް އެންމެ ހާލަތު ގޯސް ދުވަސް ކަމަށް, މެޓް އޮފީހުން މިއަދު ބުނެފިއެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މާލެ ސަރަހައްދުގައި ވައިގެ ކޮލެޓީ ހުރީ ނުރައްކަލުގެ ރަތް ސަމާލުގައި ކަމަށެވެ. ދުރުފެންނަ މިންވަރު ވަނީ 1500 މީޓަރަށް ދަށްވެފައި ކަމަށާއި އެއީ މިފަހުން މިހާ ދަށްވި ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއާ ކޮލިޓީ މުޅި ރާއްޖެ ވެސް ދަށް. ޚާއްސަކޮށް މާލެ ސަރަހައްދަށް ވަރަށް ދަށް," އޭނާ ވިދާޅުވިއެވެ.