ޞާލިޙާއި ނަޝީދު ބައްދަލުކުރައްވާ، އެކުގައި މަސައްކަތްކުރައްވަން ފައްޓަވަނީ
ސަން
22 ޑިސެމްބަރު 2025 | ހޯމަ | 1:42
ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށާއި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ދެ ބޭފުޅުން އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީގެ ތެރޭގައި މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުން ފެށިގެން ބައިބައިވުން ބޮޑެވެ.
ތ. ހިރިލަންދުއަށް ވަޑައިގެންނެވި މަގުމަތީގައި ދ. ކުޑަހުވަދުއަށް މިއަދު ވަޑައިގެން ޞާލިޙް ވަނީ އެ ރަށުގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތްކުރަން އެދިވަޑައިގެންފައެވެ.