އިރުވައި މޫސުމުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފާ މީހުން ރިޕޯޓުކުރަން އެދެފި

ސަން

22 ޑިސެމްބަރު 2025 | ހޯމަ | 4:30

އިރުވައި މޫސުމާ ދިމާކޮށް، ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފާ މީހުން ރިޕޯޓުކުރުމަށް އެންވާރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން އެދެފިއެވެ.

އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. ކޮންމެ އަހަރަކު ވެސް މި ދުވަސްވަރާ ދިމާކޮށް އަންނަ ދޫނި, ވިޔަފާރި ކުރުމަށާއި މުނިފޫހި ފިލުވުމަށް ހިފާ ގެންގުޅުމުގެ މައްސަލަތައް، މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.

ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫނިތަކަށް އަނިޔާކުރުމަކީ ޖޫރިމަނާގެ އަދަބު ލިބޭނެ އަމަލެކެވެ.

މައުޟޫޢުތަށް