ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީ ޓިކެޓު ހޯދަން 154 ކެންޑިޑޭޓުން ވާދަކުރަނީ

ސަން

22 ޑިސެމްބަރު 2025 | ހޯމަ | 10:26

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާނެ ކަން އެޕާޓީން މިއަދު ހާމަކޮށްފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހު 16ގައި ބާއްވަން އެ ޕާޓީން ތައްޔާރު ވަމުން އަންނައިރު، އެ ޕާޓީން މިއަދު ވަނީ، ޕްރައިމަރީގައި ވާދަ ކުރާ މީހުންގެ ލިސްޓު އާންމުކޮށްފައެވެ.

ކެންޑިޑޭޓުން ނަމްބަރާ އެކު އާންމުކުރި، އެ ލިސްޓުގައިވާ ގޮތުން، ސިޓީގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ރަށް ހިމެނޭހެން 30 ރަށަކުން ޖުމުލަ 154 ކެންޑިޑޭޓުން އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއެވެ.

މައުޟޫޢުތަށް