ކައުންސިލުން ދޭ ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭ ގޮތް ހަދައި، ކާރު ރަޖިސްޓާކުރުން ފަސޭހަކޮށްދެނީ

ސަން

22 ޑިސެމްބަރު 2025 | ހޯމަ | 6:45

އަންނަ މަހުން ފެށިގެން, ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރާއިރު، މާލޭ ސިޓީ ކައުންސިލާއި ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ދޭ ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭ ގޮތަށް ބަދަލު ގެންނާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދަ ނެގުމުގައި ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވާ ކަމަށެވެ. އެ މައްސަލައަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން، އަންނަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދެ ބަދަލެއް ގެންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެއް ބަދަލަކީ، އެ އުޅަނދުތައް ރަޖިސްޓްރީކުރާއިރު، މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދޫކުރާ އުޅަނދު ގަރާޖު ކުރުމުގެ ހުއްދަ ހުށަހަޅަން ނުޖެހުމެވެ.

މައުޟޫޢުތަށް