އެމްޑީޕީގެ ޕްރައިމަރީގެ ކަންކަން ގަވައިދާ ޚިލާފަށް އިންތިޒާމު ކުރާ ކަމަށް ވިދާޅުވެ، އާޒިމް ޝަކުވާ ހުށަޙަޅައިފި
ސަން
22 ޑިސެމްބަރު 2025 | ހޯމަ | 9:33
ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކަންކަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އިންތިޚާބާ ބެހޭ ގަވައިދާ ޚިލާފަށް އިންތިޒާމު ކުރަމުންދާ ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރަކަށް އެމްޑީޕީ ޓިކެޓު ހޯދުމަށް ވާދަކުރައްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ޝަކުވާ ހުށަހަޅުއްވައިފިއެވެ.
އޭނާ ޝަކުވާ ހުށަހަޅުއްވާފައި ވަނީ، އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފަށެވެ.
އާޒިމް ޝަކުވާ ހުށަހެޅުއްވި ސިޓީގައި ފާހަގަކުރައްވާފައި ވަނީ ހަތަރު ކަމެކެވެ.