1،200 މީހުންގެ ޖާގައިގެ، ދެވަނަ ފިޔަވަހީގެ ހަވަނަ މިސްކިތުގައި ފުރަތަމަ ނަމާދު ކޮށްފި
ސަން
22 ޑިސެމްބަރު 2025 | ހޯމަ | 10:45
ބޮޑު އާބާދީއެއް އޮންނަ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވާ ހަ ވަނަ މިސްކިތުގައި މިއަދު ފުރަތަމަ ނަމާދު ކޮށްފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، 2021ގެ ފަހުކޮޅުން ފެށިގެން މީހުން ދިރިއުޅެން ފެށީއްސުރެ މިސްކިތްތައް ބޭނުންވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެ ސަރަހައްދުގައި ފުރަތަމަ މިސްކިތް ހުޅުވީ އޮކްޓޫބަރު 2021ގައެވެ. އެއީ 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އޭގެ ފަހުން ވެސް، ދެވަނަ ފިޔަވަހީގައި މިސްކިތްތައް އަޅަން އަމިއްލަ ފަރާތްތަކާ ހަވާލުކޮށް، ބައެއް މިސްކިތްތައް ހުޅުވައިފައިވެއެވެ.