ކުޑަކުދިން ކުށްކުރާ ސަބަބު ހޯދަން ކުރާ ދިރާސާއަށް ކުރިއެރުން އެބަ ލިބޭ، ރަނގަޅު ފަރުވާ ދެވޭނީ އޭރުން: ޑީޖޭޖޭ
ސަން
23 ޑިސެމްބަރު 2025 | އަންގާރަ | 10:28
ރާއްޖޭގައި ކުށުގެ މާހައުލުގައި އުޅޭ ކުޑަކުދިންނަށް އެ ކަން ކުރާ ސަބަބު ދެނެގަތުމަށް ކުރާ ދިރާސާއަށް ކުރިއެރުންތައް ލިބެމުން އަންނަ ކަމަށާއި އެ ކުދިންނަށް ބޭނުންވާ ރަނގަޅު ފަރުވާ ދެވޭނީ ކުށްކުރާ ސަބަބުތައް އެނގިގެން ކަމަށް ޑިޕާޓުމަންޓު އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ)އިން ބުނެފިއެވެ.
ކުށުގެ މާހައުލުގައި ކުޑަކުދިން އުޅުމަކީ އެހާ އާންމު ކަމެއް ނޫން ނަމަވެސް، އެ ކުދިން ބޭނުންކޮށްގެން އެކިއެކި ކުށްތައް ކުރުވައެވެ. ނުވަތަ ފުރާވަރުގައި ދިމާވާ އެކި ހާލަތްތަކުގެ ސަބަބުން ކުށުގެ މާހައުލުގައި އުޅޭ ކުދިންގެ ވެސް މަދެއް ނޫނެވެ.
މި ވާހަކައަށް ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަދި އެންޑީއޭގެ ޗެއާޕާސަން އަޙުމަދު ސިއްދީގު ވަނީ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ އެ ކުދިން ކުށްތައް ކުރާ ސަބަބު ހޯދުމެވެ.