ތިމާވެށްޓަށް ނުބަލާ ކ. އަތޮޅުގައި ބިން ހިއްކާ ކަމުގެ ޝަކުވާތައް ވަނީ ލިބިފައި، ފިޔަވަޅު އަޅާނަން: އީއާރުއޭ

ސަން

23 ޑިސެމްބަރު 2025 | އަންގާރަ | 10:11

ކ. އަތޮޅުގައި ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ބެލުމެއްނެތި ހިންގަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް، އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އިން ބުނެފިއެވެ.

ރޭ ކުރި އިއުލާނެއްގައި އީއާރުއޭއިން ބުނީ، ކ. އަތޮޅުގައި ކުރިއަށް ގެންދާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް އެ އިދާރާއަށް ލިބެމުން އަންނަ ކަމަށެވެ.

އެ ޝަކުވާތަކުގެ ތެރޭގައި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއް ނެތި މަސައްކަތް ކުރުމާއި، ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުން ވެލި ނެގުމާއި، މޫސުން ގޯސްވެ މޫސުމާ ބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވާ ދުވަސްވަރުވެސް މަސައްކަތް ކުރަމުން ދިއުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

މައުޟޫޢުތަށް