ޒުވާނުންގެ ހުނަރުތައް ދައްކާލަން ޔޫތު މިނިސްޓްރީން "ލިޓް" ފެސްޓިވަލެއް ބާއްވަނީ
ސަން
23 ޑިސެމްބަރު 2025 | އަންގާރަ | 2:09
ފުރާވަރުގެ އުމުރުން ފެށިގެން ޒުވާނުންނަށް ޚާއްސަކޮށް، މި ހަފުތާ ބަންދުގައި ޔޫތު މިނިސްޓްރީން "ލިޓް ފެސްޓު"ގެ ނަމުގައި ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ، އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރައަށް އަމާޒުކުރާ މި ފެސްޓިވަލުގައި ފަންނުވެރިކަމާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައިވާ ކަމަށެވެ.
އެގޮތުން ކެލިގްރަފީއާއި ކްލޭ އާޓް ފަދަ އެކި ބާވަތް ބާވަތުގެ އަތްތެރިކަމާއި ފަންނުވެރިކަމުގެ ހުނަރުތަކާއި، ލަވަ ކިއުމާއި ނެށުމާއި ފްރީސްޓައިލާއި ސްޓޭންޑް އަޕް ކޮމެޑީ ފަދަ މުނިފޫހިފިލުވުމުގެ ހުނަރުތައް މި ފެސްޓިވަލުން ފެނިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.