އެމްއެމްޕީއާރުސީ ޚިޔާނާތް ޔާމީނުގެ ބޮލަށް އެކަނި ނުޖެހޭނެ، ޞާލިޙުގެ ސަރުކާރުން އެ މައްސަލަ ރަނގަޅަށް ނުބަލާ: ޒަރިޔަންދު
ސަން
23 ޑިސެމްބަރު 2025 | އަންގާރަ | 2:16
ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތުގެ މައްސަލަ ތަހުގީގުކުރުމުގެ ފުރިހަމަ ބާރު އޮތް ހިނދުވެސް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެ މައްސަލަ ފުރިހަމައަށް ތަހުގީގުނުކުރި ކަމަށާއި، ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ބޮލަށް އެކަނި އެ މައްސަލަ ނުޖެހޭނެ ކަމަށް، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާޢީލް ޒަރިޔަންދު ރޭ ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ޔާމީންގެ ޕާޓީ ޕީއެންއެފްގެ ތާއީދާއެކުގައެވެ.
ފާހަގަކުރެވޭ ގޮތުގައި، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ޔާމީނަށް ފާޑުވިދާޅުވެ، އެންމެ ބޮޑަށް ސޯޝަލް މީޑިއާގައި ވާހަކަދެއްކެވި އެއް ބޭފުޅަކީ ޒަރިޔަންދެވެ. ޕީއެންއެފްގެ ތާއީދާއެކު ޒަރިޔަންދު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާތީ، އިދިކޮޅު އެމްޑީޕީގެ ބައެއް ސަޕޯޓަރުން ގެންދަނީ އޭނާ ޔާމީނަށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓުތައް ދައުރުކުރަމުންނެވެ.