ސަރުކާރުން ޓެކްސީ ލައިން ފަށަން އުޅެނިކޮށް ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ސަން

23 ޑިސެމްބަރު 2025 | އަންގާރަ | 3:13

ސަރުކާރުން ޓެކްސީ ލައިނެއް ފަށަން ތައްޔާރުވަމުން އަންނަނިކޮށް، ޓެކްސީ ޑްރައިވަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

ސަރުކާރުން ޓެކްސީ ލައިން ފަށާނެކަން އިއުލާނުކުރުމުން ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖު ވެސް ކުރިއެވެ. އެކަމަކު ވެސް ނިންމުން ބަދަލުނުކޮށް ސަރުކާރުން އަންނަނީ ޓެކްސީ ލައިން ފަށަން ތައްޔާރުވަމުންނެވެ.

އެހެން އޮއްވާ ރައީސް މުއިއްޒު މިއަދު ވަނީ ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނާ އެކު ބައްދަލުކުރައްވާފައެވެ.

މައުޟޫޢުތަށް