އދ. އަތޮޅު ކައުންސިލުން ލަންކާއާއި ފިލިޕީންސަށް ދާން، އެންގުމާ ޚިލާފަށް 6 ލައްކަ ރުފިޔާ ޚަރަދުކުރި: އޮޑިޓް
ސަން
23 ޑިސެމްބަރު 2025 | އަންގާރަ | 3:33
އދ. އަތޮޅު ކައުންސިލުން, ސަރުކާރުގެ އެންގުމާ ޚިލާފަށް ތަޖުރިބާ ދަތުރުތަކެއް ރާއްޖޭން ބޭރަށް ކުރުމަށްޓަކައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ އދ. އަތޮޅުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭން ބޭރަށް ތަޖުރިބާ ދަތުރުތައް ކުރުމަށްޓަކައި އެ ކައުންސިލުން, ސަރުކާރުގެ އެންގުމާ ޚިލާފަށް ޖުމުލަ 624،641 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
ރިޕޯޓްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 28 އިން މާރިޗު މަހުގެ ހަތްވަނަ ދުވަހާ ހަމައަށް އެ ކައުންސިލްގެ 10 މެންބަރުންގެ ތެރެއިން އަށް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ދަތުރެއް ކޮށްފައިވާ ކަމަށެވެ.