ހުޅުމާލޭގައި އެޅި ބަމްޕަރު ވެސް، ރައުންޑްއެބައުޓް ވެސް ރަނގަޅު، މައްސަލައަކީ ޝަކުވާކުރުން: ފުލުހުން

ސަން

23 ޑިސެމްބަރު 2025 | އަންގާރަ | 4:20

ހުޅުމާލޭގެ މަގުތަކުގައި އެންމެ ފަހުން އަޅައި، ޝަކުވާ ބޮޑުވުމުން ނެގި ބަމްޕަރުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ، އޭގެ ޒާތުގައި ރަނގަޅު ބަމްޕަރުތަކެއް ކަމަށާއި، މައްސަލައަކީ އުސޫލުގެ ތެެރެއިން އަމަލުކުރަންޖެހޭނަމަ ބައެއް ދިވެހީންނަށް އެކަން ޝަކުވާއަކަށްވުން ކަމަށް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް މިއަދު ވިދާޅުވެއްޖެއެވެ.

މީގެ ތިން މަހެއްހައި ދުވަސްކުރިން ހުޅުމާލޭގެ މަގުތަކުގައި ސްޕީޑް ބްރޭކަރުތަކެއް އެޗްޑީސީން ހަރުކުރިއިރު، އެ ސްޕީޑް ބްރޭކަރުތަކާމެދު އާންމުންގެ ޝަކުވާ ވަރަށް ބޮޑުވިއެވެ. އެހެންވެ އެ އެއްޗެހި ނަގަން އާންމުން ޚިޔާލު ހުށަހެޅުމުން އެންމެ ފަހުން އެ ނެގީއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކަމަށް އަލިއަޅުއްވައިލައްވައި ފަސީހު ވިދާޅުވީ ހުޅުމާލޭގައި ބަމްޕަރު އެޅުމުގެ މަސައްކަތަށް، އެ ތަކެތީގެ ސައިޒުތަކާއި ހުންނަންވީ ކަންކަމުގެ މައުލޫމާތު އެޗްޑީސީއާ ހިއްސާކުރި ކަމަށެވެ. ހުޅުމާލޭގެ މަގުމަތީގައި އެޅި ބަމްޕަރުތަކަކީ ރާއްޖޭގައި އަލަށް އެޅި ބަމްޕަރުތަކެއް ނޫންކަމަށާއި އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ބަމްޕަރުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް