އެންމެންގެ ޝަކުވާއަކީ ސަރުކާރަށް ކަމެއް ނުވުން، ދައްކަނީ ހުސް ވާހަކަ: ޞާލިޙް

ސަން

23 ޑިސެމްބަރު 2025 | އަންގާރަ | 4:12

ހުރިހާ ރަށަކުން ވެސް އެ މަނިކުފާނަށް އިވިވަޑައިގަންނަވަނީ މި ސަރުކާރަށް ކަމެއް ނުވާކަމުގެ ޝަކުވާ ކަމަށާއި ހަމައެކަނި ކުރައްވާ ކަމަކީ ވާހަކަދެއްކެވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެ ފަދައިން ވިދާޅުވީ، ތ. ހިރިލަންދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން އެ ރަށު ބަނދަރުމަތީ ހުންނަވާ ދެއްވި އިންޓަވިއުއެއްގައެވެ. ޞާލިޙް ވިދާޅުވީ، ހިރިލަންދޫގެ ރައްޔިތުންގެ ވެސް ކަންބޮޑުވުމަކީ އެ މަނިކުފާނު ވަޑައިގެންނެވި އެހެން ރަށްރަށުގެ ވެސް ކަންބޮޑުވުން ކަމަށެވެ.

"ކަމެއް ނުވާ ވާހަކަ މި ދައްކަނީ. ވާހަކައޭ ދައްކަނީ، ވާހަކައޭ ދައްކަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް