ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން، އެކަން ކޮށްގެން ނުވާނެ: ޠާރިޤް

ސަން

23 ޑިސެމްބަރު 2025 | އަންގާރަ | 5:35

މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިން އިތުރުކޮށް ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރިސޯޓުތަކުގައި ފަތުރުވެރިންނަށް ވިއްކާ "ތަކެތި" ފަތުރުވެރިކަމުގެ ބޮޑެތި ހޮޓެލްތަކުގައި ވިއްކަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ނަމަވެސް، އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް، ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޠާރިޤް ވިދާޅުވީ، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ހޮޓާތަކުގައި ރަލާއި އޫރުމަސް ވިއްކުން ހުއްދަކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުވެސް ގަބޫލުކުރާ ގޮތުގައި މީހުން އުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ ކަންތައް،" އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް