'ސުތުރާ'ގެ ނަމުގައި އެކި ސިފަސިފައިގެ ތަކެތި މިސްކިތްތަކުގައި ބޭނުންކުރޭ، އެއީ ސުންނަތާ ޚިލާފު ކަމެއް: ޝަހީމް

ސަން

23 ޑިސެމްބަރު 2025 | އަންގާރަ | 6:00

'ސުތުރާ'ގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން ކުރުމަކީ ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ޚިލާފު ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސުތުރާއަކީ ނަމާދުކުރާއިރު ނަމާދުކުރާ މީހާ އޭނާގެ ކުރިމަތިން މީހުން ހުރަސްކުރުން ހުއްޓުވުމަށް ބަހައްޓާ އެއްޗެކެވެ. ސުތުރާގެ ގޮތުގައި އަސާއެއް ނުވަތަ ލޮންސިއެއް ނުވަތަ ދުނިދަނޑިއެއް ނުވަތަ ގަހެއް ނުވަތަ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެފަދަ ކޮންމެ އެއްޗެެއް ބޭނުންކުރުން ވެސް ރަނގަޅުކަމަށް ސުންނަތުން އެނގެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި 'ސުތުރާ'ގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭ ކަމަށެވެ. މިގޮތައް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީ ކައުންސިލުގައި އެދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މައުޟޫޢުތަށް