32 ގުރާމު ޑުރަގާއެކު 50 އަހަރުން މަތީގެ އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

ސަން

23 ޑިސެމްބަރު 2025 | އަންގާރަ | 7:14

މަސްތުވާތަކެތި ވިޔަފާރިކުރުމުގެ މައްސަލައެއްގައި 50 އަހަރުން މަތީގެ ދިވެހި އަންހެނަކާ ފިރިހެނެއް އިއްޔެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އުމުރުން 57 އަހަރުގެ އަންހެނަކާ 52 އަހަރުގެ ފިރިހެނެއް ހައްޔަރުކުރި ކަމަށެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މި ދެމީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ މ. މުލި، ނަސީމީގެ، މުޙައްމަދު ވަޙީދު (52އ) އާއި ސ. ފޭދޫ، މުށިކުލާގެ، އާމިނަތު އިބްރާހީމް (57އ)އެވެ.

މައުޟޫޢުތަށް