ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ދާން، އެންގުމާ ޚިލާފަށް 3 ލައްކަ ރުފިޔާ ޚަރަދުކުރި: އޮޑިޓް

ސަން

23 ޑިސެމްބަރު 2025 | އަންގާރަ | 8:27

ގއ. އަތޮޅު ކައުންސިލުން, ސަރުކާރުގެ އެންގުމާ ޚިލާފަށް ތަޖުރިބާ ދަތުރުތަކެއް ރާއްޖޭން ބޭރަށް ކުރުމަށްޓަކައި ތިން ލައްކައެއްހާ ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ގއ. އަތޮޅު ކައުންސިިލުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭން ބޭރަށް ތަޖުރިބާ ދަތުރުތައް ކުރުމަށްޓަކައި އެ ކައުންސިލުން, ސަރުކާރުގެ އެންގުމާ ޚިލާފަށް ޖުމުލަ 338،006 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

ރިޕޯޓްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާ ހަމައަށް އެ ކައުންސިލްގެ ހަތް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް، ތައިލޭންޑަށް ދަތުރުކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް