ޒުވާނުންނަށް ރައީސް: މަސައްކަތްކުރާ ރިސޯޓާ ކައިރިން ބޯހިޔާވަހިކަން ފަހިކޮށްދޭނަން
ސަން
23 ޑިސެމްބަރު 2025 | އަންގާރަ | 11:28
ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެ ރަށަކާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް ބޯހިޔާފަހިކަން ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
"ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް"ގެ ނަމުގައި މިރޭ ޒުވާނުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އާއިލާއާ ދުރުގައި އުޅެން ޖެހުން ކަމަށެވެ. އެހެންކަމުން އެފަދަ ޒުވާނުން މަސައްކަތްކުރާ ރިސޯޓުތަކާ ކައިރިން ބޯހިޔާވަހިކަން ފޯރުކޮށްދީފިނަމަ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ވެސް ފުރުސަތު ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުތަކުން ފްލެޓް ދޫކުރާއިރު ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، ޒުވާނުންނަށް ޚާއްސަ ކުރާނެއެވެ.