އައްޑޫ ފުލުހުން އަނެއްކާވެސް ކުރުނބާތަކަކާއި ކެޔޮގަނޑުތަކެއްގެ ވެރިފަރާތް ހޯދަނީ

ސަން

23 ޑިސެމްބަރު 2025 | އަންގާރަ | 11:36

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކެޔޮގަނޑުތަކަކާއި ކުރުނބާތަކެއްގެ ވެރި ފަރާތް ހޯދަން, އައްޑޫ ސިޓީ ފުލުހުން އަނެއްކާ ވެސް އިއުލާން ކޮށްފިއެވެ.

އައްޑޫ ސިޓީ ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކެޔޮގަނޑުތަކާއި ކުރުނބާތަކަކީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ކަމަށެވެ. އަދި އެ ކެޔޮގަނޑުތައް މިހާރު ހުރީ ހިތަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެ ޕޯސްޓުގައި ތިން ކެޔޮގަނޑަކާއި ގިނަ އަދަދެއްގެ ކުރުނބާ އިހާތަކެއް ފެންނަ ފޮޓޯ ވެސް ހިއްސާކޮށްފައެވެ.

މައުޟޫޢުތަށް