މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކެއް އަޅަނީ

ސަން

23 ޑިސެމްބަރު 2025 | އަންގާރަ | 11:53

މާލެއާއި ހުޅުމާލެ ގުޅުވާލާ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކެއް ތަރައްގީކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.

"ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް"ގެ ނަމުގައި މިރޭ ޒުވާނުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް ރޭސިން ޓްރެކެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އޭގެ ތެރެއިން މާލޭގައި އަޅާ ރޭސިން ޓްރެކް އަޅާނީ މާލެ-ހުޅުމާލެ ގުޅުވާލާ ހައިވޭއާ ޖެހިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އެ ތަން ކަނޑައަޅައި، އެ މަޝްރޫއު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް