ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ

ސަން

24 ޑިސެމްބަރު 2025 | ބުދަ | 10:35

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

މާލެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ، ސްޓެލްކޯއިން ބުނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެހެންވެ، ދިމާވި މައްސަލަ ދެނެގަނެ، ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

މައުޟޫޢުތަށް