ސިޔާސީ ޚިޔާލު ތަފާތުވުން ބޮޑު, ނަޝީދާއި ޞާލިޙް ސުލްހަވާން ބައްދަލު ކުރައްވައިފި
ސަން
24 ޑިސެމްބަރު 2025 | ބުދަ | 12:12
ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުން ބޮޑު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ޞާލިޙާއި ނަޝީދު ބައްދަލުކުރައްވައިފައި ވަނީ، މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ތެރޭގައި އެ ދެ ބޭފުޅުންނަށް ތާއިދުކުރާ ފެކްޝަން އުފެދުނު ގޮތަށް، އަނެއްކާވެސް ކައުންސިލް އިންތިޚާބާ ދިމާކޮށް ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ކައުންސިލް އިންތިޚާބުގައި އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާ، މާލޭ ސިޓީ މޭޔަރު ކަމުގެ ޓިކެޓް ހޯއްދަވަން މިހާރުގެ މޭޔަރު އާދަމް އާޒިމް ކުރިމަތިލައްވައިފައިވާއިރު، ޞާލިޙް ތާއިދުކުރައްވަނީ އޭނާއަަށެވެ. އަދި ނަޝީދު ތާއިދުކުރައްވަނީ، ޓިކެޓަށް ދެން ވާދަކުރައްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށެވެ.