"އޭދަފުށީ ކައުންސިލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބުނު 6 ލައްކައެއްހައި ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކުރޭ"
ސަން
24 ޑިސެމްބަރު 2025 | ބުދަ | 1:05
ބ. އޭދަފުށީ ކައުންސިލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަތް ހަ ލައްކައެއްހައި ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް އެބައޮތްކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހު އޮޑިޓް އޮފީހުން އާންމުކުރި އޭދަފުށީ ކައުންސިލްގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، އޮޑިޓުކުރި ތާރީޚު ކަމަށްވާ މިދިޔަ އޮގަސްޓު މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 660،750 ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް އެބައޮތެވެ.
އެއީ 2014 އިން 2022ވަނަ އަހަރުގެ ނިޔަލަށް ކަނޑު އުޅަނދުގެ ސަލާމަތީ ސެޓްފިކެޓް ހެއްދުމުގެ ފީގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އެހެންކަމުން އެ ފައިސާ ޖަމާނުކޮށް އަށް އަހަރު ވަނީ ހޭދަވެފައެވެ.