ގަލޮޅާއި ހެންވޭރުން ހޯދި ވޭޕްތަކެއް، 442 ފްލޭވާޑް ކާޓްރިޖާއެކު ނައްތާލައިފި
ސަން
24 ޑިސެމްބަރު 2025 | ބުދަ | 1:41
ފުލުހުން މާލޭގެ ދެ އަވަށަކުން ހޯދި ވޭޕްތަކެއް، 442 ފްލޭވާޑް ކާޓްރިޖާއެކު މިއަދު ނައްތާލައިފިއެވެ.
ފުލުހުން ބުނީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ދޫނިދޫގައި ނައްތާލާފައިވަނީ ހަތަރު ޝީޝާޕަފްއާއި ވޭޕްއަކާއި، 442 ފްލެވާޑް ކާޓްރިޖާއި ތިން ނެނޯސްޓިކްގެ އިތުރުން ސިނގިރޭޓުގެ އެއް ކާޓަން ކަމަށެވެ.