ނަޝީދާއި ޞާލިޙް: އެހާ ބައިވަރު އެއްޗެހި ނުކިޔަން، މި ތިބީ އެކަން އެއްފަރާތްކޮށްފައި

ސަން

24 ޑިސެމްބަރު 2025 | ބުދަ | 3:00

ވަރަށް ގާތްކޮށް އުޅުއްވުމަށްފަހު ސިޔާސީ ޚިޔާލު ތަފާތުވުންތައް ބޮޑުވެގެން ދުރުވި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ތިއްބެވީ ކުރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދެކޮޅަށް ދެއްކެވި ވާހަކަތައް އެއް ފަރާތް ކުރައްވައިގެން ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް އެމްޑީޕީން ތައްޔާރުވަމުން އަންނައިރު، ޕާޓީ ތެރޭގައި އަނެއްކާ ވެސް ވަނީ ޞާލިޙާއި ނަޝީދުގެ ފެކްޝަން އުފެދިފައެވެ. އެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް ޞާލިޙާއި ނަޝީދު މިއަދު ބައްދަލުކުރައްވައި، ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވިއެވެ.

ޞާލިހު ވިދާޅުވީ، އެ ބައްދަލުވުމުގައި ޕާޓީއާއި ގައުމުގެ މުސްތަގުބަލާ މެދު ވާހަކަދެެއްކެވި ކަމަށެވެ.

މައުޟޫޢުތަށް