2 ރައީސުން އެކުގައި ފެނުމުން އެމްޑީޕީ އުންމީދު އާވެފައި

ސަން

24 ޑިސެމްބަރު 2025 | ބުދަ | 2:59

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެކުގައި ފެނުމަކީ ކުޑަ ކަމެއް ނޫނެވެ. އެތެރޭގެ ހަމަނުޖެހުންތަކާއި ބައިބައިވުމުން ބަލިކަށިވެފައި އޮތް އެމްޑީޕީއަށް އެއީ އުންމީދުގެ މަންޒަރެކެވެ. އެ ބައްދަލުވުމަށް އެހާ ބޮޑު ސަމާލުކަމެއް ލިބުނީ ވެސް އެހެންވެއެވެ.

ދެ ރައީސުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވެ، ދެބަސްވުމާއި އަރައިރުމުގައި އުޅުއްވާތާ އެތައް ދުވަހެއް ވެއްޖެއެވެ.

މިދިޔަ 2023ގެ ރިޔާސީ އިންތިޚާބާ ގާތްވެފައި އޮއްވާ ނަޝީދުގެ އަރިސް ބޭފުޅުން އިސްވެ އުފެއްދެވި ދި ޑިމޮކްރެޓްސްއަކީ ވެސް އެ ކަމުގެ ހެއްކެކެވެ. އޭގެ ފަހުން، ދެ ބޭފުޅުން އެކުގައި މަސައްކަތެއް ނުކުރައްވައެވެ. އެނބުރި އެމްޑީޕީއަށް ޑިމޮކްރެޓްސްގެ ބޭފުޅުން ވަޑައިގެން ފަހުން ވެސް އެއްބައިވަންތަކަމެއް ނުފެނެއެވެ. އެ ދެބަސްވުމުގެ އަސަރު އެމްޑީޕީގެ ތެރެއިން ވެސް ފެނެއެވެ.

މައުޟޫޢުތަށް