ތިން ދުވަސް ކުރިން 70އަށް ހުރި ލުނބޯ ކިލޯއެއް 85ރުފިޔާއަށް އުފުލި، ކެރެޓުގެ އަގު ވެސް މައްޗަށް!
ސަން
24 ޑިސެމްބަރު 2025 | ބުދަ | 3:20
ތިން ދުވަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު 85 ރުފިޔާއަށް އުފުލިއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު، ލުނބޯ ކިލޯއެއްގެ އަގު ހުރީ، 70 ރުފިޔާގައެވެ. އެކަމަކު، މިއަދު ވިޔަފާރިވެރިއަކު 'ސަން'އަށް ބުނި ގޮތުގައި، ލުނބޯ ކިލޯއެއް މިހާރު ވިއްކަނީ 80އާއި 85 ރުފިޔާއަށެވެ.
އިތުރު ވިޔަފާރިވެރިއަކު 'ސަން'އަށް ބުނީ، ލުނބޯ ކިލޯއެއް ހުރީ، 80 ރުފިޔާއަށް ކަމަށާއި އަގު އުފުލެން ފެށީ، ދެތިން ދުވަހެއް ކުރިން ކަމަށެވެ.