ރަސްމާލެ ހިއްކުމުގެ 30 ޕަސެންޓު މަސައްކަތް ނިމިއްޖެ
ސަން
24 ޑިސެމްބަރު 2025 | ބުދަ | 4:17
މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ކ. ފުށިދިއްގަރު ފަޅުގައި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ޖުމުލަ 30 ޕަސެންޓު ފުރިހަމަވެއްޖެ ކަމަށް އެ މަސައްކަތްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ހާމަކޮށްފިއެވެ.
އެ މަޝްރޫއުގެ ތެރެއިން ރަސްމާލެ ސައިޓު 'އޭ'ގެ މަސައްކަތް ފެށީ މި މަހުގެ ފުރަތަމަ ދުވަހެވެ.
އެމްއޭސީއެލުން ހާމަކުރި ގޮތުގައި ރަސްމާލޭގެ ސައިޓު "އޭ"ގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެއެވެ.