މިދިޔަ ހަފުތާގައި މާލެއާއި ބުރިޖުގައި 42 އެކްސިޑެންޓު
ސަން
24 ޑިސެމްބަރު 2025 | ބުދަ | 4:25
މިދިޔަ ހަފުތާގައި އެކަނި ވެސް މާލެއާއި ސިނަމާލެ ބުރިޖުގައި 42 އެކްސިޑެންޓު ހިނގިއިރު، ގިނައީ މާލޭގައި ހިނގި އެކްސިޑެންޓުތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން، ސިނަމާލެ ބުރިޖާއި މާލޭގައި ހިނގާ އެކްސިޑެންޓުތަކުގެ ތަފުސީލުތައް ހަފުތާއަކު އެއް ފަހަރު އާންމުކުރެއެވެ.
މިދިޔަ ހަފުތާގެ ހިސާބުތަކަށް ބަލާއިރު، ޖުމުލަ 42 އެކްސިޑެންޓު ވަނީ ހިނގާފައެވެ. އެ ހުރިހާ އެކްސިޑެންޓުތަކަކީ، އެހާ ބޮޑު ގެއްލުމެއް ނުވަތަ ސީރިއަސް އެކްސިޑެންޓުތަކެއް ނޫނެވެ. އޭގެ ތެރެއިން، 74 ޕަސެންޓު އެކްސިޑެންޓުތައް ހިނގީ ދުވާލުގެ ވަގުތުތަކުގައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ހިނގާފައިވަނީ އެންމެ 11 އެކްސިޑެންޓުކަން ހިސާބުތަކުން އެނގެއެވެ.