ކުރީގެ އަނބިމީހާ، ހިލޭ ފިރިހެނަކާ ގުޅުން ބޭއްވި ކަމަށް ބުނި މީހާއަށް ބޮޑު އަދަބެއް
ސަން
24 ޑިސެމްބަރު 2025 | ބުދަ | 6:03
ކުރީގެ އަނބިމީހާ، ހިލޭ ފިރިހެނާ ގުޅުން ބޭއްވި ކަމަށްބުނެ އެ ވާހަކަތައް ފޭސްބުކްގައި ލިޔުނު މީހެއްގެ މައްޗަށް އަބުރާ ބެހުނުކަން ސާބިތުވެ ޖޫރިމަނާކޮށްފިއެވެ.
ރާއްޖޭގެ ދެކުނުގެ ރަށެއްގައި، ހިނގި މި ހާދިސާއާ ގުޅިގެން، އެ ފިރިހެން މީހާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރީ، އޭނާގެ ކުރީގެ އަންހެނުން ގުޅުން ބޭއްވި ކަމަށް ބުނި ފިރިހެން މީހާއެވެ.
ސަރުކާރު ކުންފުންޏެއްގައި އުޅޭ މި މީހާގެ ދައުވާގައި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދޭން އެދިފައި އޮތް ނަމަވެސް އެ ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމީ، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި 5000 ރުފިޔާ ނަގައިދީ، އަދި ވަކީލު ފީގެ ގޮތުގައި 50،000 ރުފިޔާ ނެގުމުގެ އިތުރުން، ފޭސްބުކްގައި މާފަށް އެދެން އަންގައިގެންނެވެ.