ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ދޭ ގައުމަކީ އިންޑިއާ: ފައިސަލް
ސަން
24 ޑިސެމްބަރު 2025 | ބުދަ | 8:36
ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާއަކީ އިންޑިއާ ކަމަށާއި، ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޮރުކޮށްދޭ ގައުމަކީ ވެސް އިންޑިއާ ކަމަށް ވިދާޅުވެ ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އެ ގައުމަށް ތައުރީފުކުރައްވައިފިއެވެ.
އަށްވަނަ އަތަލް ބިހާރީ ވަޖްޕާއީ މެމޯރިއަލް ލެކްޗާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.
އެގޮތުން އަބަދުވެސް އިންޑިއާއިން ރާއްޖެއާ މެދު ބާއްވަމުން އަންނަ ރަޙުމަތްތެރިކަމާއި، ވަރުގަދަ ގުޅުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު އަބަދު ވެސް ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ދޭ ގައުމަކީ އިންޑިއާ ކަމަށް ފައިސަލް ވިދާޅުވިއެވެ.