އަހަރުގެ އެންމެ ފަހު ރީތި ތާރީޚު މާދަމާ، މާލޭގައި 34 ކައިވެނި
ސަން
24 ޑިސެމްބަރު 2025 | ބުދަ | 10:35
މާދަމާގެ ރީތި ތާރީޚު، 25-12-25 ގައި ކުރަން ތާވަލުކޮށްފައި އޮތީ 34 ކައިވެނި ކަމަށް، ފެމިލީ ކޯޓުން މިއަދު ހާމަކޮށްފިއެވެ.
ރީތި ތާރީޚުތަކާ ގުޅުވައި ކައިވެނިކުރުމަކީ ދިވެހީންގެ މެދުގައި މަގުބޫލު ކަމެކެވެ. އެހެން ދުވަސްދުވަހު ކައިވެނި ނުކުރާ ވަރަށް ރީތި ތާރީޚުތަކުގައި ކުރާ ކައިވެނިތައް އިތުރެވެ.
ފެމިލީ ކޯޓުގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މާދަމާ 34 ކައިވެންޏެއް ކޮށްދޭއިރު، އޭގެ ތެރެއިން 13 ކައިވެންޏެއް ކޮށްދެނީ ރަސްމީ ގަޑީގައި ކަމަށެވެ. އަދި 21 ކައިވެންޏެއް ކޮށްދެނީ ނުރަސްމީ ގަޑީގައި ކަމަށް ފެމިލީ ކޯޓުގެ އޮފިޝަލް ވިދާޅުވިއެވެ.