އިންނާނެ ކަމަށް ދިވެހި އަންހެން ކުއްޖަކަށް ގަނެދިން އައިފޯން ހޯދަން ކޯޓަށް
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 9:22
ށ. ބިލެތްފަހީ އަންހެން ކުއްޖަކު، އިންނާނެ ކަމަށް ބުނުމުން ދިން އައިފޯން 16 ޕްރޯމެކްސް ހޯދަން، އޭނާ ހިތާވެގެން އުޅުނު ފިރިހެން މީހާ ކޯޓަށް ހިނގައްޖެއެވެ.
މިއީ މެދުރާއްޖެތެރޭ ރަށެއްގެ ފިރިހެނަކާ އިންނާނެ ކަމަށް ބުނެ، ށ. ބިލެއްފަހީ އަންހެން ކުއްޖަކު، އެ ފިރިހެން މީހާ އަތުން މަކަރާއި ހީލަތުން ހޯދި އައިފޯން 16 ޕްރޯމެކްސް ފޯނު އަނބުރައި ހޯދަން އެ ފިރިހެން މީހާ ދައުވާކުރި މައްސަލައެކެވެ.
މި މައްސަލަ، ބިލެތްފަހީ ކޯޓަށް ހުށަހެޅުމުން އަންހެން ކުއްޖާގެ ފަރާތުން ވަނީ އެ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު އެ ފިރިހެން މީހާއަށް ލިބިގެންނުވާ ކަމަށް ބުނެ، އިހުތިސާސާ މެދު ސުވާލު އުފައްދައިފައެވެ. އަންހެން ކުއްޖާގެ ފަރާތުން ބުނެފައިވަނީ މަކަރާއި ހީލަތުގެ މައްސަލައެއް ކަމަށް ބުނެ، ފިރިހެން މީހާއަށް ދައުވާ ނުކުރެވޭނެ ކަމަށާއި އެ ދައުވާ ކުރެވޭނީ ޕްރޮސިކިއުޓަރު ޖެނެރަލަށް ކަމަށެވެ.