ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ސޯޝަލް ހައުސިން ފުލެޓުތައް ހުސްކުރަން އަންގައިފި

ސަން

25 ޑިސެމްބަރު 2025 | ބުރާސްފަތި | 9:26

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތައް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ ފުލެޓުތައް ހުސްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ބައެއް ފްލެޓްތައް، ބިދޭސީންނަށް ކުއްޔަށް ދީފައިވާކަން ފާހަގަވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ވަނީ، ޖަނަވަރީ ތިނެއްގެ ކުރިން އެ ފްލެޓުތަކުގައި ދިރިއުޅޭ ބިދޭސީން އެ ފުލެޓެއް ހުސްކުރުމަށް އަންގައިފައެވެ.

މައުޟޫޢުތަށް