އާ އަހަރާ ދިމާކޮށް އުޅަނދުތައް ޗެކްކުރުމާއި، ބަނގުރަލާއި ޑުރަގު ހޯދުމުގެ އޮޕަރޭޝަން ފަށައިފި

ސަން

25 ޑިސެމްބަރު 2025 | ބުރާސްފަތި | 9:57

އާ އަހަރު ފެށުމާ ގުޅުވައި ފުލުހުން މާލޭގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަން "ރިވެލި" އިއްޔެ ފަށައިފިއެވެ.

ރިވެލިއަކީ ކޮންމެ އަހަރެއްގެވެސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ހިންގާ ސިލްސިލާ އޮޕަރޭޝަނެކެވެ.

މާލޭ ސަރަޙައްދުގެ ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ސިލްސިލާކޮށް ކުރިއަށްގެންދާ "ރިވެލި" އޮޕަރޭޝަން އިއްޔެ ފަށައިފައިވާއިރު، އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހަށްވާ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

މައުޟޫޢުތަށް