ގަވައިދަށް ތަބާވެ، ވަޒީފާ ބޭނުންވާ ބިދޭސީންނަށް ވަޒީފާ ހޯދައި ދޭން އެހީވަނީ
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 12:40
މީގެ ކުރިން ސައްހަ ގޮތުގައި މަސައްކަތް ނުކުރި ނަމަވެސް، އަލުން ގަވައިދަށް ތަބާވެ، ވަޒީފާ ބޭނުންވާ ބިދޭސީންނަށް އެ މީހުންނަށް އަދާކުރެވޭނެ ވަޒީފާތައް ހޯދުމުގައި އެހީތެރިވުމަށް ދާޚިލީ ވުޒާރާއިން ނިންމައިފިއެވެ.
ދާޚިލީ ވުޒާރާއިން ގެޒެޓުކުރި އިއުލާނެއްގައި ވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީން، ގަވައިދުގެ ތެރެއަށް ވެއްދުމަށް "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ފަށަން ނިންމި ކަމަށް ބުނެފައެވެ.
އެހެންކަމުން، ދާޚިލީ ވުޒާރާއިން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާ ދޭނެ ފަރާތެއް ނެތް ބިދޭސީން ކަމާ ގުޅޭ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އެ ވުޒާރާއިން އެދިފައިވެއެވެ.