ލޯބީގެ ގޮތުން ގުޅުމެއް އުފައްދައިގެން 16 ސްކޭމެއް ކުރި: ފުލުހުން

ސަން

25 ޑިސެމްބަރު 2025 | ބުރާސްފަތި | 12:22

މި އަހަރު ލޯބީގެ ގޮތުން ގުޅުން އުފައްދައިގެން, 16 ސްކޭމް ކުރިކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތައް ހިއްސާކުރައްވައި، އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ، މިދިޔަ ދިހަ މަހުގެ ތެރޭގައި، 1،663 ސްކޭމްގެ މައްސަލަ އެ ސެންޓަރަށް ހުށަހެޅި ކަމަށެވެ.

އޭގެ ތެރޭގައި ލޯބީގެ ގޮތުން ގުޅުން އުފައްދައިގެން 16 ސްކޭމެއް ހިންގި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ސްކޭމްތައް ހިންގި ގޮތުގެ ތަފްސީލެއް ނުދެއެވެ.

މައުޟޫޢުތަށް