ފުލުހަކަށް އިންޒާރުދީ، މާރާމާރީ ހިންގުމުގެ ތުހުމަތުގައި 3 މީހުން ބަންދުކޮށްފި

ސަން

25 ޑިސެމްބަރު 2025 | ބުރާސްފަތި | 12:44

ފުލުހަކަށް އިންޒާރުދީ، މާރާމާރީ ހިންގުމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި ތިން މީހަކު އިއްޔެ ކްރިމިނަލް ކޯޓުން ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 19 އަހަރާއި، 22 އަހަރާއި، 30 އަހަރުގެ ތިން ދިވެހި ފިރިހެނުންނެވެ. އެ އެންމެންނަށް ވެސް ކުރަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅުމާއި، ބިރުދައްކާ އިންޒާރު ދިނުމުގެ އިތުރުން މާރާމާރީ ހިންގުމުގެ ތުހުމަތެވެ.

ސީނަށް ދިޔަ ފުލުހުން ވަނީ އޭގެ ތެރެއިން 19 އަހަރުގެ މީހާ ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމުގެ ތުހުމަތުކޮށްފައެވެ. އަދި، ފުލުހަކަށް އިންޒާރުދީފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެއެވެ. އެކަމަކު، އެ ޒުވާނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

މައުޟޫޢުތަށް