400 މިލިއަން ޑޮލަރަށް ހިސާބު ޖެހި ބަންކަރިންއިން ލިބުނީ 18 މިލިއަން
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 2:07
މި ސަރުކާރުން ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް ލިބުނީ 282 މިލިއަން ރުފިޔާ ނުވަތަ 18.3 މިލިއަން ޑޮލަރު ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސެޕްޓެންބަރު 2024 ގައި އެ މަޝްރޫއު ފެށީ އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއަކަށް ހިސާބު ޖައްސަވައިގެންނެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު ސައީދު ވަނީ ބަންކަރިން ޚިދުމަތުން މިހާތަނަށް ލިބުނު އާމްދަނީގެ ބައެއް ހިސާބުތައް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ބަންކަރިން ޚިދުމަތުން 282 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކުހުގެ ގޮތުގައި އިތުރު 24 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.